- Advertisement -ad image

އިތުރަށް މަސައްކަތްކޮށް މިއިންތިޚާބު ޑރ.މުއިއްޒުއަށް ކާމިޔާބު ކޮށްދެއްވުމަށް ރައީސް ޔާމީން އެދޭ: ވަކީލުން

ad image

ގުޅުންހުރި ލިޔުންތައް


ހުރިހާ ރައްޔިތުން ވަކިން ޚާއްސަކޮށް ޕީޕީއެެމް/ޕީއެންސީގެ މެމްބަރުން އިތުރަށް މަސައްކަތްކޮށް މިއިންތިޚާބު ޑރ.މުއިއްޒުއަށް ކާމިޔާބު ކޮށްދެއްވުމަށް ރައީސް ޔާމީނު އެދިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ރައީސް ޔާމީނަށް ޑރ.މުއިއްޒުގެ ތާއީދު ނެތްކަމަށް ބުނެ ނޫހެއްގައި ލިޔެފައި ދޮގު ޚަބަރާއި ގުޅިގެން ރައީސް ޔާމީން އެމަނިކުފާނުގެ ޤާނޫނީ ޓީމު މެދުވެރިކޮށް މިއަދު ވަނީ ދިވެހި ރައްޔިތުންނަށް މެސެޖެއް ފޮނުވާފައެވެ. އެގޮތުން އެ މެސެޖުގައި ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ޢަމާޒުކޮށް ރައީސް ޔާމީން ނުރުހުމުގެ ބަސްފުޅުތަކެއް ޢަމާޒުކުރައްވާފައިވާކަމަށާއި، އެމަނިކު ފާނުގެ ތާއީދު ޑރ.މުއިއްޒުއަށް ނެތްކަމަށް ވިދާޅުވެފައިވާ ކަމަށް ދޭހަވާ ގޮތަށް ލިޔެފައިވާ ލިޔުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް “ޢަދަދު” ނޫހުގައި ލިޔެފައިވާ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
ރައީސް ޔާމީނަށް ނަފްރަތު ކުރާ އަދި އެމަނިކުފާނަށް ނުހައްގުން އަނިޔާ ދެމުން ގެންދާ ފަރާތްތަކުން ރާވައިގެން ފަތުރާ މިފަދަ ބުހުތާނު ދޮގު ވާހަތަކަކީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި ރައީސް ޔާމީނަށް ތާއީދު ކުރާ ޢާންމު މެމްބަރުންގެ މެދުގައި ފިތުނަ އުފައްދައި ބައިބައިކޮށް، ރިޔާސީ އިންތިޚާބު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި ކުރާ ވަރަށް ފިޑި ޢަމަލުތަކެއް ކަަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް ވެސް ވަކީލުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ