- Advertisement -ad image

ފޮނަދޫގައި ބިން ހިއްކާނަން، އެއީ އިގުތިސާދީ ނަފާ އަތޮޅާއި ރަށަށް ހޯދަން: މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ލ އަތޮޅު ފޮނަދޫގެ ބިން ހިއްކާ އިގުތިސާދީ ނަފާ އަތޮޅައި ރަށަށް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ފޮނަދޫގެ ބިން ހިއްކުމުގެ ބޭނުމަކީ އާބާދީ އެއްފަސް ކުރުން ކަމަށާއި އެހެން ރަށްރަށުން ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމުން ރަށަށް ތަރައްގީ އަންނާނެ ކަމަށެވެ.
މީގެ އިތުރުން ވެސް ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ލ އަތޮޅަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ހާމަކުރައްވާފައެވެ.
އެގޮތުން އެންމެ މުހިއްމު އެއް ވައުދެއްގެ ގޮތުގައި މުއިއްޒު ވެވަޑައިގެންނެވީ ވެރިކަން ލިބިވަޑައިގެންފިނަމަ ލ.އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވާނެ ކަމުގެ ވައުދެވެ.

“ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް، ގާދޫއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާ ބަންކަރިންގ ފެލިސިޓީ ހިމެނޭ ތަނަކަށް ހަދައިދޭނަން. އަދި މި ރަށާއި ގާދުއާ ދޭތެރޭ ހިއްކައިގެން ރިސޯޓެއް ތަރައްޤީކޮށް، އެއްގަމު ކޯޒްވޭއަކުން ފޮނަދޫއާއި ރިސޯޓާއި ގާދޫ ގުޅުވަދޭނަން” މުއިއްޒު ވިދާޅުވިއެވެ.


މުއިއްޒު ވިދާޅުވީ ހައްދުއްމައްޗަކީ އާބާދީ އެއްފަސްކޮށް ދިވެހިރާއްޖޭގެ މުސްތަގުބަލް ބިނާ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވޭނެ އަތޮޅެއް ކަމަށެވެ.
“ ރާއްޖެ ތަރައްގީ ކުރެވޭނީ އާބާދީ އާއި ތަރައްގީ އެއްފަސް ކުރެވިގެން. އެއީ ގަދަކަމުން ކުރެވޭނެ ކަމެއް ނޫން. ކުރާނެ ކަމެއް ވެސް ނޫން. ނަމަވެސް އެވިސްނުމުގެ ދަށުން ކުރިއަށް ދާނަން. ހައްދުއްމަތިން އެމުސްތަގުބަލް ފެންނަން އެބައޮތް. ރާއްޖޭގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އަތޮޅަކަށް ހައްދުއްމަތި ވާނެ. މިރަށުގައި (ލ.ފޮނަދޫގައި) ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނަން. އެއީ އާބާދީ އެއްފަސްކޮށް އިގުތިޞާދީ ނަފާ އިތުރު ކުރަން ކުރިއަށް ގެންދާނެ މަޝްރޫއެއް. ގެދޮރުވެރިކަމުގެ އެކަށީގެންވާ މަޝްރޫއެއް ކުރިއަށް ގެންދަން ޖެހޭނެ.” މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ލޭންގްއޭޖް ސްކޫލެއް ގާއިމު ކުރާނަން ކަމަށާއި އޭގެތެރެއިން އެއް ސްކޫލް ހުންނާނީ ލ.އަތޮޅު ފޮނަދޫގައި ކަމަށެވެ.
އޭގެ އިތުރުން ފޮނަދޫގެ ސަރުކާރު އޮފީސްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ބޮޑު އޮފީސް ކޮޕްލެކްސްއެއް އަޅަން ވެސް މުއިއްޒު ވައުދުވެ ވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ