- Advertisement -ad image

މާލޭގެ މަގުތަކުން ވިއްކާފައިހުރި ޕާރކިން ސްލޮޓްތައް އަތުލާނެ ކަމުގެ އިންޒާރު ރައީސް ސާލިހު ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ ދެވަނަ ދައުރެއް ދެއްވައިފިނަމަ މާލެސިޓީގެ މަގުތަކުން ވިއްކާފައި ހުރި ޕާރކިން ސްލޮޓްތައް އަތުލާނެ ކަމުގެ އިންޒާރު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ދެއްވައިފިއެވެ.
އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ އުފާވެރި މާލެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާލިހު ވިދާޅުވީ މާލެއަކީ ފަސޭހައިން ހިނގާލެވޭ ތަނަކަށް ހަދަންޖެހޭކަމަށެވެ. ކާނިވާ ސަރަހއްދުންވެސް ޕާކިންއަށް ސްލޮޓް ވިއްކާފައިވާ ސްލޮޓްތައް ދައްކަމުން ސާލިހު ވިދާޅުވީ، އެކަން ކުރެއްވީ އެޑްވާންސްކޮށް ފައިސާ ނަގައިގެންކަމަށެވެ. އަދި ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެއްޖެނަމަ އެ ޕާކިން ސްލޮޓްތައް ނަގާނެކަމަށާއި އެމަނިކުފާނުގެ ސިޔާސަތަކީ މަގުތައް ހުސްކޮށް ޕާކިންއަށް ވަކިން ތަންތަން ހެދުންކަމަށެވެ.
އެތައް ބަޔަކަށް ފަސޭހަވާނެގޮތަށް މާލޭގެ މަގުތަކުން ދޫކޮށްފައިވާ ޕާކިން ސްލޮޓްތައް އަތުލާނެ ކަން ރައީސް އިއުލާނު ކުރެއްވީމައިވެސް ޖަލްސާގައި ތިބި އެންމެން އުފަލުން އަތްޖެހީއެވެ.

މީގެ ކުރިންވެސް ރައީސް ސާލިހުވަނީ ރައީސް ޔާމީނުގެ ސަރުކާރުން ތަރައްގީ ކުރި ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ގިނަ ފަރާތްތަކެއްގެ އަތުން ފްލެޓްތައް ވެސް އަތުލައި އެމްޑީޕީގެ މެންބަރުން ރައީސް ސާލިހުގެ ގާތް މީހުންނަށަ ބަހާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ