- Advertisement -ad image

މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި ޑރ. މުއިއްޒު އިންތިހާބު ކުރަންޖެހޭ: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފޮނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ ރާއްޖެ މިއަދު ވަނީ އިސްލާހީ ބަދަލަކަށް ބޭނުންވެފައި ކަމަށެވެ.
އަދި ޑރ. މުހައްމަދު މުއިއްޒަކީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅާ ކަމަށެވެ.
“ކީއްވެގެންތޯ؟ މޭވާ އަޅާ ގަހަށް ގާ އުކާނެ ނޫންތޯ؟ އެކަމަކު ބައްލަވާ ޑރ. މުހައްމަދު މުއިއްޒު އެ އިން އެއްވެސް ބޭފުޅަކަށް އެއްޗެއް ވިދާޅެއް ނުވޭ. މިއެއް ނޫންތޯ ހިލްމުވެރިކަމަކީ. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައަކީ މިއެއް ނޫންތޯ،” މުއިއްޒު ވިދާޅުވިއެވެ.


ޝަހީމް ވިދާޅުވީ އޭނާ މީގެ އެތައް އަހަރެއް ކުރިން ވެސް، މުއިއްޒު ދަންނަ ކަމަށާއި، އެމަނިކުފާނަކީ ވަރަށް އަޚްލާޤް ރަނގަޅު ބޭފުޅެއް ކަމަށެވެ.
“ޢިލްމީ ބޭފުޅެއް، ހީވާގި، މުރާލި ބޭފުޅެއް. މިފަދަ ސިފަތައް މިއީ، އަޅުގަނޑުމެންގެ މި ޒަމާނުގެ، 21 ވަނަ ޤަރުނުގައި އަޅުގަނޑުމެންގެ ދަޢުލަތުގެ ވެރިއެއްގެ ހުންނަން ޖެހޭނީ، މި ޒަމާނުގެ ތަޢުލީމު ލިބިފައިވާ މީހެއް.” މުއިއްޒު ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި، މުއިއްޒު ވެރިކަމަށް އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ