- Advertisement -ad image

ރައީސް ޔާމީނުގެ މެސެޖަކީ، އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާށޭ: ސައީދު

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔާމީނުގެ މެސެޖަކީ، އެމަނިކުފާނު ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް މި ސަރުކާރު ނިންމާށޭ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ލ ފޮނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ޑރ.މުޙައްމަދު މުޢިއްޒު ކަމަށާއި ނަންބަރު 4 އަކަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.
އަދި އިތުރަށް ސައީދުވަނީ ސަރުކާރުން ފައިސާ ދީގެން ހިންގާ “ފޮޅިތަކުގައި” ޖަހާ ޚަބަރުތަކާއި ފަތުރާ ފިތުނަތަކުގައި ނުޖެހުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ހުރިހާ މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.
ދެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އެ ދެ ޕާޓީގެ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ