- Advertisement -ad image

ވީޑިއޯގައި ފެންނަ ޑޮލަރުތަކަކީ އިންޑިއާ ބެންކްގެ އެއްޗެއްތޯ އެހިތާ ގަޑިއެއްގެ އިރުވީއިރުވެސް ކަސްޓަމްސް އިން ޖަވާބެއް ނުދިން!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެއަށް ގިނަ އަދަދެއްގެ ޑޮލަރު އެތެރެކުރިކަން ފެންނަ ވީޑިއޯގައި ފެންނަނީ އިންޑިއާ ބެންކްގެ އެއްޗެއްތޯ އެހިތާ ގަޑިއެއްގެ އިރުވީރުވެސް ކަސްޓަމްސްއިން ޖަވާބެއް ނުދިނެވެ.
ރިޔާސީ އިންތިހާބަށް 6 ދުވަހަށްވެފައި ވަނިކޮށް ގިނަ އަދަދެއްގެ ޑޮލަރުތަކެއް ކަސްޓަމްސްގެ އޮފިސަރުންތަކެއް ގުނާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވީ މިއަދު ހަވީރުއެވެ.
މި ވީޑިއޯ އާއި ގުޅޭގޮތުން ސުވާލު ކުރުމުން ކަސްޓަމްސްއިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ފައިސާއަކީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން، ބޭންކްތަކުން ޢަމަލުކުރަން ކަނޑައެޅިފައިވާ އިޖްރާއަތްތައް ފުރިހަމަކޮށް، ކަސްޓަމްސްއަށް ޑިކްލެއަރކޮށްގެން، އެތެރެކޮށްފައިވާ ފައިސާ ކަމަށެވެ.
ނަމަވެސް މިފައިސާއަކީ އިންޑިއާ ބޭންކުން އެތެރެ ކުރި ފައިސާތޯ އަޅުގަނޑުމެން ސުވާލުކުރިތާ ގަޑިއެއްގެ އިރުވީއިރުވެސް ކަސްޓަމްސްއުން ޖަވާބެއް ނުދެއްވިއެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް އަވަށްޓެރި އިންޑިއާއިން އެމްޑީޕީއަށް ފަންޑު ކުރަން ފައިސާ ދޭ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ