2023 ސެޕްޓެމްބަރު 10ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވީ ސެޕްޓެމްބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކަމަށްވުމާއެކު އިންތިހާބާ ގުޅޭ އެކި އެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާއްމު ރައްޔިތުން ހަރަކާތްތެރިވާނެތީ އާއި އެދުވަހާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އިލެކްޝަނުން އެދިފައިވާތީ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.



