- Advertisement -ad image

ރައީސް ޔާމީން ފާރިޝްއާއި ބައްދަލެއް ނުކުރައްވާ، ދޮގު ހަބަރު ފަތުރަނީ ފިތުނަ އުފައްދަން!

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ރައީސް ޔާމީނާއި ފާރިޝް މައުމޫނު ހޮނިހިރު ދުވަހު ބައްދަލު ކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރީ ދޮގު ހަބަރެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ނޫސް
އެކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަޙްމަދު ފާރިސް މައުމޫނާއި ދެބޭފުޅުން ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށެވެ.
އަދި އެއީ ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ތާއީދު އޮތްކަމަށާއި، ދިވެހި އެންމެހާ ރައްޔިތުން ޑރ. މުޢިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެކަން ހަޖަމު ނުވެގެން މިކޯލިޝަންގެ މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ބަޔަކު ފަތުރަމުން ގެންދާ ދޮގޮ ޚަބަރެއް ކަމަށްވެސް ޕީޕީއެމުން ބުނެފައިވެއެވެ. “ މިޚަބަރު ފެތުރުމުގެ އަޑިގައި އިބްރާހީމް މުޙައްމަދު ޞާލިޙާއި އޭނާގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުޞަތުވެސް އެބައޮތެވެ.
އެހެންކަމުން މިފަދަ ފިތުނައިގައި ދިވެހި ރައްޔިތުން ޖެހިވަޑައިނުގަތް ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 4، ޑރ. މުޙައްމަދު މުޢިއްޒާއި އެކު ސާބިތުވެ ތިއްބެވުން އެދެމެ “ ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އިރާދަފުޅާއެކު ސެޕްޓެމްބަރ 9 ވަނަ ދުވަހުގެ އިންތިޚާބު އެއްބުރުން ޑރ، މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދެއްވުމުގައި އެންމެ ބޭފުޅުންގެ ވޯޓު އެމަނިކުފާނަށް ދިނުމަށްވެސް ޕީޕީއެމުން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ