- Advertisement -ad image

ޑރ މުއިއްޒުގެ ކެމްޕެއިނަށް މެޑަމް ފާތުން މިރޭ ނިކުމެވަޑައިގަންވަނީ!

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގައި ކުރީގެ މަހާރެހެންދި ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން ރަސްމީކޮށް ޑރ މުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕީޕީއެމްގެ މައި ޖަގަހައަށް މެޑަމް ފާތުން ވަޑައިގަންނަވާ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

އަދި މިހަފުލާގައި ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒުގެ އަނބިކަނބަލުންވެސް ސާޖިދާ މުހައްމަދުގެ އިތުރުން ރަނިންމޭޓުގެ ހުސެއިން މުހައްމަދު ލަތީފުގެ އަނބިކަނބަލުން އާއިޝަތު އަފުރީންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ހާމަކުރެއެވެ.


މެޑަމް ފާތުން ޑރ. މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި ރަސްމީކޮށް ބައިވެރިވެވަޑައިގަންނަވަން ނިންމަވާފައިވާއިރު މިއީ ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ. މުއިއްޒަށް ދޭން އެ ޕާޓީގެ ކައުންސިލުން ފާސްކުރި ފަހުން އެކަމަނާ ޑރ. މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ