- Advertisement -ad image

އިންތިހާބަށް ދަޅަދައްކަން ވިއަސް ފަށާފައި ހުރިނަމަ ހުރި ހުރިހާ މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމާލަދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބަށް 10 ދުވަހަށް ވުމުން ރައްޔިތުންނަށް ދަޅަދައްކަން ވިއަސް މި ސަރުކާރުން ފަށާފައިހުރިނަމަ ހުރި ހުރިހާ މަޝްރޫއެއް ކުރިއަށް ގެންގޮސް ނިންމާލަދޭނެ ކަމުގެ ޔަގީންކަން ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ތުލުސްދޫ ދާއިރާގެ ރައްޔިތުންނާއި އެކު މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރަށްތަކުގައި ހިންގާ ކޮންމެ މަޝްރޫއެއް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށްގެން ކަމަށެވެ.
އަދި ތުލުސްދޫ ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަގު ހެދުން ކަމަށާއި އެންމެ ބޮޑަށް ހަލާކުވެފައި ހަދަންޖެހިފައި ހުރި މަގުތައް ބަލާ ތަރުތީބުން އެކަން ކުރަމުންދާނެ ކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ ތުލުސްދޫ، ހުރާ، ދިއްފުށި އަދި ހިންމަފުށީގައިވެސް ސްކޫލަށް މަލްޓިޕާރޕަސް ހޯލު އިތުރުކޮށް ލައިބްރަރީ ބޭނުންވާ ސްކޫލްތަކަށް ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބް ބޭނުންވާ ސްކޫލްތަކަށް އެކަންވެސް ކޮށްދޭނަން” ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ