- Advertisement -ad image

ސަރުކާރުން ދަނީ ވޯޓަކަށް 30 ހާސް ރުފިޔާ ހުށަހަޅަމުން، މިއީ ފިޔަވަޅު އަޅަންޖެހޭ ކަމެއް: ގާސިމް

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ވޯޓަށް ދެދުވަހަށް ވެފައިވާއިރު ސަރުކާރުން ގެންދަނީ ވޯޓަކަށް، ތިރީސްހާސް ރުފިޔާގެ މަގުން ފައިސާ ބަހަމުން ކަމަށާއި މިއީ ކަމާއި ބެހޭ ފަރާތްތަކުން ސަމާލުވެ ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ކޯލިޝަން ޕާޓުނަރު އަދި ޖުމްހޫރީ ޕާޓީީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި ހއ އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި މިސަރުކާރުގެ ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް ހުރެ ގާސިމު ވިދާޅުވީ މިސަރުކާރުން ދަނީ ވޯޓު ގަތުމަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަމުން ކަމަށެވެ. ކޮންމެ ވޯޓަކަށް، 20،000 ރުފިޔާއާއި 30،000 ރުފިޔާގެ ދޭތެރޭ އަދަދަކަށް ވޯޓު ގަންނަން ފައިސާ ހުށަހަޅަމުންދާކަމަށް ޤާސިމް ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ކޯލިޝަން ޕާރޓުނަރެއްގެ ގޮތުގައި ޖޭޕީ އޮތް ނަމަވެސް އެއްވެސް ކަމެއް ކުރަން މަޝްވަރާ ނުކުރާ ކަމަށާއި މި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އަށް ވެސް ވޯޓުލާން ހެޔޮ ނުވާނެ ކަމަށެވެ.
“ އެއީ ހަމަ އެކައްޗެއް. ބައްލަވާ. އަހިވަކާ ޖެހި އަހިވަކެއް ފާވާނެ އޭ ބުނާހެން. އިބްރާހިމް މުހައްމަދު ސޯލިހް އެ ހުންނެވީ ރައްޔިތުންގެ މަޖިލިހުގައި ތަޅު އަޅުވައިގެން. ގާނޫނުއަސާސީއާ ހިލާފަށް ކަނޑުގެ އެއްބައި ދޫކޮށްލައިފި. ގާނޫނުއަސާސީއާ ހިލާފަށް ބޭރުގެ ސިފައިން ގެނެސްފި. ދައުލަތުން އިންތިހާ ދަރަޖައިގެ ކޮރަޕްޝަން ފައިބައިގެންދާ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ކޮން ތަނަކުން ހޯދާ ފައިސާއެއްތޯ ވޯޓަކަށް 20،000ރ. އަޅާލަނީ؟ ގާސިމު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ