- Advertisement -ad image

އަޅުގަނޑުގެ ވެރިކަމެއްގައި އެއީ މިގައުމުގެ ފަހުރުކަން ސިފައިންނާއި ފުލުހުންނަށް އިހުސާސްވާނެ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖޭގެ ކަންކަން ސަލާމަތް ކުރުމުގައި އަޅުގަނޑުމެންގެ ފަހުރަކީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ މާލޭގައި ޖަގަހަ ހުޅުމަށްފަހު ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިން މި ދެ މުއައްސަސާއަށް ވެސް ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.
އަދި އެދެމުއައްސަސާގައި ތިބި އަހަރުމެންގެ ހިދުމަތްތެރިންނަށް ލިބެންޖެހޭ އެލަވަންސްތައް ކުޑަކޮށް ގެދޮރުވެރިކަމުގައިވެސް ކަންކުރަނީ އެހާ ދެރަވަރުކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“ އެއްވެސް ވަރަކަށް އިހުސާސެއް ނުވޭ ތިމަންނާ މެނަކީ ގައުމުގައި މުހިންމު ބައެކޭ މިސަރުކާރުން ކަންތައްކުރާގޮތުން. މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ އެއީ ގައުމުގެ ފަހުރުކަން އިހުސާސްވާ ގޮތަށް އޭނާގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންނަށް މަސައްކަތް ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ