- Advertisement -ad image

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގައި ރައީސުލްޖުމުހޫރިއްޔާ ކަން ކުރައްވާނެ ރައީސަކު ހޮވުމަށް ބާއްވާ ތާރީހީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލުން ފެށީ ހެނދުނު 8:00 އެވެ. އަދި ވޯޓުލުން ނިމޭނީ ހަވީރު 4:00 އިރުއެވެ.
ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދު ކުރާނެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ދެލައްކަ އަށްޑިހަ ދެހާސް ތިންސަތޭކަ ނުވަދިހަ ފަސް މީހުން އެބަތިއްބެވެ.
މުޅި ރާއްޖޭގައި ބަހައްޓާފައިވަނީ 574 ވޯޓު ފޮއްޓެވެ.

ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖަހާއިރު ވަނީ ވޯޓުލުން ފަށާފައެވެ. ހަވީރު 4 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ