- Advertisement -ad image

ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގުން ނުވަތަ ކަރުދާސްކޮޅު ދެއްކުމަކީ ކުށެއް، އެ މައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އަށް ހުށަހަޅާނަން: އީސީ

ad image

ގުޅުންހުރި ލިޔުންތައް


ވޯޓު ކަރުދާސްކޮޅުގެ ފޮޓޯ ނެގުން ނުވަތަ ކަރުދާސްކޮޅު ދެއްކުމަކީ ކުށެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އަށް ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ ތަން ބެލުމަކީ ކުށެއް ކަމަށާއި ބައެއް މީހުން ޒޫމްކޮށްގެން އެކަން ކުރާ ކަމަށެވެ.
“ އެއީ ގާނޫނާއި ގަވައިދާ ހިލާފު އެފަދަ އަމަލުތައް ނުކުރަން އެދެން “ ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ މިއަދު 12 ޖެހުމާ ހަމައަށް 112،250 މީހުން ވަނީ ވޯޓުލާފައި ކަމަށެވެ. އެއީ ވޯޓުލެވޭ މީހުންގެ އާބާދީގެ %39.75އެވެ. މިހާތަނަށް އައިއިރު ވޯޓުލީ %20 ފިރިހެނުންނާއި %19 އަންހެނުން. މިއީ ލިބުނު ކުރިއެރުމެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ