މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި 58 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން ބުނީ މިއަދު ދެއެއް ޖެހުމާއި ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 58 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް ވަނީ 135،422 މީހުން ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 69،261 ފިރިހެނުންނާއި 66،161 އަންހެނުންނެވެ.



