- Advertisement -ad image

ޔަގީނުންވެސް ރޫޅިއްޖެ، އެމްޑީޕީއަށް މުޅި ރާއްޖޭގެ މެޖޯރިޓީ ގެއްލިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ވެރިކަންކުރާ އެމްޑީޕީއަށް މުޅި ރާއްޖޭގެ މެޖޯރިޓީ ގެއްލިއްޖެއެވެ. މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގައި ބޮޑު ތަނުން ސަރުކާރު ހިންގާ އެމްޑީޕީ ވަނީ ބަލިވެފައެވެ.
މިހާތަނަށް ގުނި ފޮށިތައް ދައްކާގޮތުން، އިންތިހާބުގައި ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46.16 އިންސައްތަ ވޯޓުންނެވެ.
އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހަށް ލިބުނީ 39.01 އިންސައްތައެވެ.
މި އިންތިހާބުގެ 3 ވަނަ ލިބެނީ އެމްޑީޕީ ތެރެއިން އުފެދިގެން އައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.

4 ވަނައިގައި އުމަރު ނަސީރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫން، 7 ވަނަ އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ