- Advertisement -ad image

ރައްޔިތުން ޤައުމީ ފިކުރަށް ވޯޓުދެއްވީތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


އެއްވެސް ނުފޫޒެއްގައި ނުޖެހި ރައްޔިތުން ޤައުމީ ފިކުރަށް ވޯޓުދެއްވީތީ ރައްޔިތުންނަށް ޑރ މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފިއެވެ.
މިއަދު އޮތް ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒަށް 100،723 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނާ އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 85،126 ވޯޓެވެ. ދެ ބޭފުޅުންގެ މެދުގައި 15،000 ވޯޓުގެ ތަފާތު ހުއްޓެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް އިބްރާހީމު މުހައްމަދު ސާލިހު ވެރިކަމަށް ގެނައުމުގެ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް ނުފޫޒު ފޯރުވުމަށް ހިންގި އަމަލުތައް ފާހަގަކުރައްވައި އެއިން އެއްވެސް ނުފޫޒެއްގައި ނުޖެހި ރައްޔިތުން ޤައުމީ ފިކުރަށް ވޯޓުދެއްވީތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

“ލޮބުވެތި ރައްޔިތުން ޤައުމީ ފިކުރުގައި ނިކުމެވަޑައިގެން ތިޔަ ދެއްކެވީ ވަރަށް ވަރުގަދަ މިސާލެއް. އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހިއްވަރު ލިބުނު ކަމެއް،” ޑރ.މުޢިއްޒު ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރަށް ވޯޓު ލިބިވަޑައިގެން އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށެވެ. އަދި ފުރަތަމަ ބުރުގައި ރައީސް އިބްރާހީމާއި އެމަނިކުފާނުގެ މެދުގައި އޮތް ފަރަގަކީ ކުރިންވެސް އުންމީދުކުރި މިންވަރާ ދާދި އެއްވަރުގެ ތަފާތެއް ކަމުގައިވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ޑރ.މުޢިއްޒު ވިދާޅުވީ އެކަމާމެދު އިދިކޮޅު ޕާޓީތަކުގެ ލީޑާޝިޕުގެ މެދުގައި މަޝްވަރާކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ