- Advertisement -ad image

ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލު ކުރުމަށް އަވަހަށް ހުޅުވާލާނެ: އީސީ

ad image

ގުޅުންހުރި ލިޔުންތައް


މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލީތަން ނޫން އެހެން ތަނެއްގައި، ވޯޓު ލާން ބޭނުންވާ މީހުންނަށް، ‏އެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ‏ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި އެކަން އާއްމުކޮށް އިއުލާން ކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިއްޔެ ބާއްވާފައިވައިރު، މިހާރު ދެވަނަ ބުރު ބާއްްވާނެ ކަން ވަނީ ކަށަވަރު ވެފައެވެ. އެއީ އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތީ ނަތީޖާއެއް ނުލިބުނީމައެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ. އެހެން ނަމަވެސް ވޯޓުލުމަށް ނުކުމެފައި ވަނީ 223،288 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ