- Advertisement -ad image

“ޝުކުރިއްޔާ ދިވެހީން” އިދިކޮޅުގެ ހާއްސަ އެއްވުން މިރޭ

ad image

ގުޅުންހުރި ލިޔުންތައް


އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގެ ވޯޓުގައި ދިވެހި ރައްޔިތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނަށް ދިން އިތުބާރާ ޔަގީންކަން ފާހަގަ ކުރުމަށް މިރޭ ހާއްސަ އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
މި އެއްވުން ބާއްވަނީ “ ޝުކުރިއްޔާ ދިވެހީން” ގެ ނަމުގައެވެ.
އެގޮތުން މި އެއްވުން އޮންނާނީ މިރޭ 20:45 އެއްގައި އާރޓިފިޝަލް ބީޗުގައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
ވީހާވެސް ގިނަ ލޮބުވެތި ދިވެހި ރައްޔިތުން މި ރެލީގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް އެކޯލިޝަނުން އެދެއެވެ.


ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓު ޑރ މުއިއްޒު ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މައްޗަށް ބޮޑުތަނުން ކުރި ހޯއްވާފައިއެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ލިބިފައިނުވާތީ އިންތިހާބުގެ ދެވަނަ ބުރެއް އޮންނާނެކަން ވަނީ ކަށަވަރުވެފައެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ