- Advertisement -ad image

ރައީސް ޔާމީނުގެ މެސެޖެއް: ދެވަނަ ބުރުގައި ޑރ.މުއިއްޒަށް އިތުރު ތާއީދު ދެއްވައި ކާމިޔާބު ކުރުމަށް މަސައްކަތްކޮށްދެއްވާ!

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީނުގެ ގާނޫނީ ވަކީލު ޑރ ޖަމީލު ވިދާަޅުވީ މުއިއްޒުއަށް އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ރައީސް ޔާމީނު އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮފުރުސަތެއް ކަމަށް ރައީސް ޔާމީނާއި ހަވާލާދީ ޑރ ޖަމީލް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ މުހައްމަދު މުއިއްޒު ވަނީ ރައީސް ސާލިހުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ