- Advertisement -ad image

އަޅުގަނޑު ފެއިލްވީ ކެމްޕެއިން ޓީމުތަކުގެ ފަރުވާ ކުޑަކަމުން: ރައީސް ސާލިހު

ad image

ގުޅުންހުރި ލިޔުންތައް


ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި މަދުންވޯޓުލިބި ބޮޑުތަނުން ފެއިލްވީ ކެމްޕެއިންޓީމުތަކުގެ ފަރުވާ ކުޑަކަމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ޓީވީ ޗެނަލަކަށް މިއަދު ދެއްވި އިންޓަރވިއުއެއްގައި ރައީސް ސާލިހު ވިދާޅުވީ ކެމްޕެއިން ޓީމުތަކަަށް ވަރަށް ގިނަ މިސްޓޭކްސް ހެދިފައި އެބަހުރި ކަމަށެވެ.
އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނިކުތީ އުއްމީދު ކުރި ގޮތައް ނޫން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
“ ކެމްޕެއިންޓީމުތަކުން އިދާރީ ގޮތުން ނިންމަން ޖެހުނު ބައެއް ކަންތައްތަކަށް އަޅާނުލެވި ހުރީ. ހުރިހާ ދާއިރާތަކަކަށްވެސް ފަރުވާ ކުޑަކުރެވިފައި ހުރި އިދާރީ ގިނަ ކަންތައްތަކުގައި އެހެންވީމަ ޓާރންއައުޓު ދަށްވީ. އެވަރަށް މަސައްކަތް ނުކުރެވުނީމަ “ ސާލިހު ވިދާޅުވިއެވެ.
އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން ކުރި މަސައްކަތް ބަލައި ނުގަނެ ރައީސް ސާލިހު މިގޮތަށް ވިދާޅުވުމުން އެމްޑީޕީގެ ބައެއް ވައިބަރ އަދި ވަޓްސް އަޕް ގުރޫޕުތަކުގެ މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

5 ޚިޔާލު

  1. ލައްބަ. ނައިފަރުން ވެސް އިބޫއަށް ދެއްކީ ބަސް ނުވިކޭ މީހުން ތަކެއް. ބޮޑު އަގު ގަ ގަނެގެންވީ ފައިދާއެއް އިބޫއަކަށް ނުކުރި. 400000ރ ދީފަ ކެމްޕޭން އަށް ގެންދިޔަ މީހާވެސް ބުނީ 7 ވޯޓްލާން.

  2. ބޮޑުބައިނެގީ ނާނު ރަށްރަށުގަ ފައިސާލިބުނހ މެނޭޖަރުން ފޮއްޓަށްލާ ރައްކާކުރީ ހިރިލަންދޫ މީހުންވެސް ހެދީ އެހެން

  3. ނައިފަރުންވެސް ރުފިޔާތައް ބައްކޮށްގެން ސޭބޮއިގެން ހަމަ ތިބީ… އެއް ބުރުން ހޮވޭނެ ކަމަށް… އަތަށް ހަމަ ގޮވީ… ދެން ބުރަކުން ވޯޓް ދެވޭނީ ވަރަށް އަގު ބޮޑުކޮށް.. ހަނދާން ކުރާތި… ދެން އޮތް 5 އަހަރު ބޭނުމިއްޔާ ގިނައިން ބަހޭ…

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ