- Advertisement -ad image

ދެވަނަ ބުރުގައިވެސް ފޯމު ފުރައިގެން އަދި އޮންލައިންކޮށްވެސް ރީރަޖިސްޓްރީ ކުރެވޭނެ: އީސީ

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް ފޯމު ފުރައިގެން އަދި އޮންލައިންކޮށްވެސް ރީރަޖިސްޓްރީ ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު ގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަން ގައި ބޭނުންކުރާނީ
‏ފުރަތަމަ ބުރުގައި ވެސް ބޭނުންކުރި ފޯމު ކަމަށާއި ފޯމު ފުރައިގެން އަދި އޮންލައިންކޮށްވެސް ރީރެޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
އަދި ސެޕްޓެމްބަރު 30 އަށް 18 އަހަރު ފުރޭ ޒުވާނުންނަށްވެސް ދެވަނަބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެއިތުރުން އެފަރާތްތަކުގެ މަޢުލޫމާތު ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހޯދުމަށް ފަހު، ވަރަށް އަވަހަށް އީސީ އިން ޢާންމު ކުރާނެ ކަމަށްވެސް އީސީން ހާމަކުރެއެވެ.

އީސީން ބުނެފައިވަނީ ދެވަނަ ބުރުގެ ވޯޓުލުމަށް ރީރެޖިސްޓްރޭޝަނަށް ހުޅުވާލާނީ މިމަހުގެ 16 އަދި 17 ގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ