- Advertisement -ad image

ނަޝީދު ޕާޓީގެ ނިންމުމާއި ގުޅިގެން އެމްޑީޕީ އެތެރޭގެ ކޯޅުން ބޮޑުވެ ގިނަ ބަޔަކު ޕާޓީން ވަކިވަނީ

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އާ ގުޅެން ނުފެންނަ ކަމަށް ދަ ޑިމޮކްރަޓްސްއިން ނިންމުމާއި ގުޅިގެން އެމްޑީޕީ އެތެރޭގެ ކޯޅުން ބޮޑުވެ ގިނަ ބަޔަކު ޕާޓީން ވަކިވާން ނިންމައިފި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ އެޕާޓީގެ ލީޑަރޝިޕުން ތިބީ ދަ ޑިމޮކްރަޓްސް އިން ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއީދު ކުރާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.
ނަމަވެސް ދަ ޑިމޮކްރަޓްސްގެ ނިންމުމާއި ގުޅިގެން މިހާރު އެމްޑީޕީގެ ތެރޭގައި ވަނީ ބޮޑު ހައިޖާނެއް އުފެދިފައި ކަމަށެވެ.
ދަ ޑިމޮކްރަޓްސްގެ ގަަައުމީ ކައުންސިލްގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ ދަ ޑިމޮކްރަޓްސްއިން އެމްޑީޕީ ކޮޅަށް އެރުން އެއީ އޮތް ގޮތެއް ނޫން ކަމަށެވެ. އަދި އަހަރުމެން އެންމެންވެސް ބޭނުންވަނީ އިބޫ ނޫން ގޮތެއް ހޯދުން ކަމަށާއި މިވަގުތު ވަކި ކޮޅަކަށް ނާރާ ތިބުންވެސް އެއީ މާ ރަނގަޅު ގޮތެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރަޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ލިބުނީ 15,839 ވޯޓެވެ.
އިލްޔާސް އަކީ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޑިމޮކްރަޓްސް އިންވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ފައިދާއަކަށް ނޫން، ނަޝީދުއަށް ބޮޑުވަޒީރުކަން ހޯދައި ދެވޭތޯ، ވަރަށް ސަލާމް ހުރިހާ ބޭފުޅުންނަށް. މި ކޮމެންޓް ޖަހާލަދިނުމަށް އެފެން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ