- Advertisement -ad image

މަދުން ވޯޓު ލިބުމުން މާރިޔާއަށް ގޯސްވީ އިލެކްޝަންސް ކޮމިޝަން

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސާލިހަށް މަދުން ވޯޓު ލިބުމުން އިލެކްޝަންސް ކޮމިޝަނުގެ އިންތިޒާމުތައް ގޯސް ކަމަށް ބުނެ ޑިފެންސް މިނިސްޓަރ މާރިޔާ ވާހަކަ ދައްކަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފެށުމަށް މިރޭ އެމްޑީޕީން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ވޯޓުލާ މަރުކަޒުތަކުގައި ހުރި އިންތިޒާމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެގޮތުން މާރިޔާ ވިދާޅުވީ ވޯޓުލާން އުމުރުން ދުވަސްވީ މީހުން ފިޔުމުންވެސް ކިޔޫގައު އެތައް އިރަކު ތިބެން ޖެހުމުން ގިނަ ބަޔަކު ވޯޓުނުލާ އަނބުރާ ގެއަށްވެސް ދިޔަ ކަމަށެވެ.
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ ގިނަ ބަޔަކު 3 ގަޑިއިރު ކިޔޫގައި ތިބެފައި އަނބުރާ ދިޔައީ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިގޮތަށް ވިދާޅުވި ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ގޮވައިގެން ވޯޓުލާ މަރުކަޒަށް ދިޔަ މީހުން ވަގުތުން ވޯޓުލާން ވައްދާފައިވާ ތަން އަޅުގަނޑުވެސް ދުށީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ