- Advertisement -ad image

ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހުންމަހަށް ދައްކަންޖެހޭ އަގުތައް ކުޑަކޮށްދޭނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީނުގެ ސަރުކާރުން އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހުން މަހަށް ދައްކަންޖެހޭ އަގުތައް ރައްޔިތުންގެ އަތްފޯރާއި ފަށަށް ތިރިކޮށްދޭނެ ކަމުގެ ވައުދު އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހަދާފައިވާ އެ ފްލެޓްތަކުގެ ނަން ވިނަރެސް އަށް ބަދަލުކުރީ މި ސަރުކާރުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެލައްކަ ރުފިއާއަށް ބަދަލުކޮށްފައެވެ. އަދި މަހަކު 17،000 ރުފިޔާ ފްލެޓަށް ދައްކާގޮތަށް ގިނަބަޔަކަށް މިހާރުވެސް އެ ފްލެޓްތައް ވަނީ ދޫކޮށްފައެވެ.
ވިނަރެސް ފްލެޓްތައް ލިބިފައިވާ ފަރާތްތަކުގެ ކަންބޮޑުވުމަށް އިޝާރާތް ކުރައްވާ ޑރ މުއިއްޒު ވިދާޅުވީ އަގުތައް ކުޑަ ކުރަން ނިންމަނީ އެކަން ކުރެވެން އޮތީމަ ކަމަށެވެ.
“ އަޅުގަނޑުމެނަށް މިފެންނަނީ މިސަރުކާރުން ހުޅުމާލޭގައި ދީފައިހުރި ފްލެޓްތަކުން ވެސް ހަމަ އިންތިހާއަށް އަގުބޮޑު ކުރިތަން. ރައީސް ޔާމީނުގެ ވެރިކަމުގައި ހުރިހާ ހިސާބުތަކެއް ޖަހާފައި ހުރީ. މަހަކު ދައްކާނެ އަގުވެސް ކަނޑައެޅި. އެކަމަކު މިސަރުކާރުން އައިސް އަގުބޮޑު ކުރީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައިވެސް “ މުއިއްޒު ވިދާޅުވިއެވެ.
ޑރ މުއިއްޒު އިތުރަށް ވިދާޅުވީ ފްލެޓްތަކުގެ އަގުތައް ކުޑަކުރިއަސް އާރބަންކޯއަށް ސީދާ ފައިދާވާނެ ކަމަށެވެ. މީގެއިތުރުން ކުންފުނިތަކުން ހިޔާ މަޝްރޫއުގެ އަޅާފައި ހުރި ފްލެޓްތައް ދިނުމަށް ފަހު މުވައްޒަފުން އަތުން ވެސް ދަނީ ބޮޑު ކުއްޔެއް ނަގަމުން ކަން ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.
ކުންފުނިތަކުން އަޅާފައި ހުރި ފްލެޓްތަކުގެ އަގުތައްވެސް ކުޑަކުރެވޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ