- Advertisement -ad image

ކޮވިޑަށް ވުރެ ނުރައްކާތެރި، ނިޕާ ވައިރަސް އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެނީ!

ad image

ގުޅުންހުރި ލިޔުންތައް

ވާލާއި އޫރުގެ ޒަރިއްޔާއިން ޖެހޭ ނިޕާ ވައިރަސް އިންޑިޔާގައި ހަލުވިކަމާއެކު ފެތުރެން ފަށައިފި އެވެ.

ކޮވިޑް-19އަށް ވުރެވެސް ނުރައްކާތެރި މި ވައިރަހަށް މި ހާތަނަށް އިންޑިޔާގެ 700 މީހުން ވަނީ ޓެސްޓްކޮށްފަ އެެވެ. އެތަނުން ދެ މީހަކާއި ކުޑަކުއްޖެއް ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށް ސްޓޭޓް ހެލްތް އޮފިޝަލުން ވަނީ ބުނެފަ އެވެ.

މި ވައިރަސް ޖެހިގެން އިންޑިޔާއިން މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ،

ނިޕާ ވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދަނީ އިންޑިޔާގެ ކެރެލާގަ އެވެ. ކެރެލާގެ ޗީފް މިނިސްޓަރ ވަނީ މި ވައިރަހަށް ސިއްހީ ހިދުމަތްތެރިންވެސް ޓެސްޓްކުރަމުން އަންނަކަަމަށް ބުނެފަ އެވެ. އަދި އެމީހުން އައިސޮލޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ބުނެފަ އެވެ.

އަދި މި ދުވަސްވަރު މީހުން އެއްވެ އުޅުން މަދުކުރުމަށްވެސް ޗީފް މިނިސްޓަރ ވަނީ އިލްތިމާސް ކޮށްފައެވެ.

ނިޕާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

ހުން އައުން
ބޮލުގައި ރިއްސުން
ނޭވާލާ ނިޒާމުގެ އިންފެކްޝަން
ގައިގަ ރިއްސުން އަދި ހޮޑުލެވުމެވެ.

މި ވައިރަސްގެ އަސަރު އެކި މީހުންނަށް ކުރަނީ އެކި މިންވަރަށެވެ. މި ވައިރަސް އެއްކޮށް ރަނގަޅުވާން 5 ދުވަހާއި 14 ދުވާހައި ދެމެދުގެ މުއްދަތެއް ނަގައެވެ.

ނިޕާ ވައިރަސްއަށް މިހާތަނަށް ބޭހެއް އަދި ވެކްސިނެއްވެސް ހޯދިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ