- Advertisement -ad image

އައިބީ ފައިސާ ބަހާ ކަމަށް ބުނެ އެމްޑީޕީން ފަތުރަނީ މީގެ 7 އަހަރު ކުރީގެ ފޮޓޯއެއް: އިހުސާން

ad image

ގުޅުންހުރި ލިޔުންތައް


އައްޑޫސިޓީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ރިޔާސީ އިންތިހާބާ ދިމާކޮށް ފައިސާ ބަހާ ކަމަށް ބުނެ ފަތުރަމުންދަނީ މީގެ ހަތް އަހަރު ކުރީގެ ފޮޓޯއެއް ކަމަށް އޭނާގެ ދަރިފުޅު އަލީ އިހުސާން ބުނެފިއެވެ.
އެމްޑީޕީގެ ސޯަޝަލްމީޑިއާގެ އެކި ޕޭޖުތަކުން ގެންދަނީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އައިބީ ފައިސާތަކެއް ގުނަން މީހެއްގެ ކުރިމަތީ ހުންނަ ފޮޓޯއެއް ހިއްސާކޮށް ޕީޕީއެމުން ފޭދޫގައި އައިޑީ ކާރޑު ގަތުން މެކުހަށް ޖަހާފައިވާ ކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން އަލީ އިހުސާނު އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ފޮޓޯއަކީ މީގެ ހަތް އަހަރު ކުރިން އައްޑޫ ފޭދޫގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް ދިވެހި ދައުލަތުން ދެއްވި ފައިސާ ހަވާލުކުރި ދުވަސް ކަމަށެވެ.
“ އަޅުގަނޑުގެ ބައްޕަ އަދި ފޭދޫ ދާއިރާގެ އޭރުގެ މެންބަރު އެކުރައްވާ ކަމަކީ ފިނޭންސް މިނިސްޓްރީގެ މުވައްޒަފު ދުވަސްވީ މީހާއަށް ހަވާލުކުރެއްވި ފައިސާ އެމީހާގެ އެދުމުގެ މަތިން ގުނާލަދެނީ” އިހުސާން ބުނެފައިވެއެވެ.


އިހުސާން އިތުރަށް ބުނީ ކެމްޕެއިން ކުރުމުގައި ތިމާ ތާއީދު ކުރާ ކެންޑިޑޭޓުގެ މޮޅުވާހަކަ ދައްކައިގެން ވޯޓު ހޯދުން އެންމެ ރަނގަޅުވާނެ ކަމަށާއި އެމީހާގެ މޮޅުކަމެއް ނެތްނަމަ އަނެކާގެ ކަމުނުދާ ކަންކަމުގެ ވާހަކަ ދައްކަން ކަމާނުބެހޭ މީހުންގެ އަބުރު ކަތިލީމަ ލިބޭ ވޯޓު މަދުވާނެ ކަމަށެވެ.
އިހުސާން އިތުރަށް ބުނީ މިޒަމާނުގައި ދޮގު މައުލޫމާތު ފަތުރާނަމަ އެކަންވެސް ކުރަންޖެހޭނީ ދެކޮޅު ޖެހޭގޮތަށް ކަމަށެވެ.
އެމްޑީޕީން ފަތުރަމުންދަނީ ހަގީގަތެއް ނެތް ފޮޓޯއެއް ކަން އެނގެނީ އެ ޕޮޓޯގައި އައިބީ ގުނަން ހުންނަނީ މީގެ ކުރިން ރާއްޖޭގައި ބޭނުން ކުރަމުން އައި 500 ނޫޓުތައް ކަމެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒަށް އެންޓި ކެމްޕެއިންކުރުމަށް ސަރުކާރުން އިސްވެ އެމްޑީޕީން ގެންދަނީ އެތައް ދޮގު ވާހަކަތަކެއް ފަތުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ