- Advertisement -ad image

މިހާރުވެސް ހާހަކަށްވުރެ ގިނަ މީހުން ރީރަޖިސްޓްރީ ކުރަން ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ހާހަހަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަނުން ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ރީރަޖިސްޓްރީ ކުރުމަށް ކުރިން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން މިއަދު އެޕްރޫވު ކުރާނެ ކަމަށެވެ. ނަމަވެސް ފަހު ވަގުތު ރީރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން އެޕްރޫވު ކުރަން ދެދުވަސްވަރު ނަގާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވިގޮތުގައި ލަފާކުރެވޭ ގޮތުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް 3000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރީ-ރަޖިސްޓަރީވުމަށް ހުލުވާލަފައިވާ ފުރުސަތުގައި ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމު ހުށަހަޅާ ފަރާތަކާއިމެދު ފިޔަވަޅު އަޅާނެކަމަށްވެސް އީސީން ބުނެއެވެ.
ދެވަނަބުރަށް ރީ-ރެޖިސްޓަރ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން އީސީގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ކަމަށް އީސީ އިން މައުލޫމާތުދެއެވެ.

އަދި ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ވާކަމަށެވެ.
ދެވަނަ ބުރުގައި ރީރަޖިސްޓްރީ ވުމަށް ދީފައިވަނީ 15،16 އަދި 17 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ