- Advertisement -ad image

ގޯތިދޭއިރު އަތުގައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ނުޖެހޭގޮތް ހަދާނަން: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުތަކަށް ކުރިމަތިލާއިރު އަތުގައި އޮތް ކުޑަ ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް އުސޫލުތައް ބައްޓަންކުރައްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުން ރޭ މާލޭ ފަރީދީމަގު ސްޓެޓިކް ކުރިމަތީގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ.
ޑރ މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ވާހަކަ ދައްކަވަނީ، އެކަމާއި ގުޅިފައިވާ އެތައް މައްސަލަތަކެއް ފެންނަން އޮތުމުން ކަމަށެވެ. އަދި މުޅި ރާއްޖެއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަކަމަށް ވާތީ ކަމަށެެވެ.
ހަމައެކަނި މާލެއަށް ބަލާލި ނަމަވެސް ހައުސިން މައްސަލަ ޙައްލު ނުކުރެވި ޒަމާންތަކެއް އޮތުމުގެ ސަބަބުން ވަރަށް ދަތި ހާލުގައި އެތައް ބަޔަކު އުޅެމުންދާކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ.
އެއާއެކު އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެތައް އަހަރެއް ވަންދެން އެމީހަކު ދިރިއުޅުނު ކުޑަ ތަންކޮޅު ދޫކޮށްލަން ޖެހޭގޮތަށް ޝަރުތުކުރުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެގޮތަށް އެކަން ކުރާނަމަ ހައުސިންއިން ލިބޭ ހަގީގީ ހިތްހަމަޖެހުން ލިބިގެން ނުދާނެކަމަށެވެ.
“ އެހާ ދުވަސްވަންދެން ނިކަމެތި ގޮތެއްގައި ކުޑަ ތަންކޮޅެއްގައި އުޅެމުން ދަނިކޮށް މި ލައްވާލަނީ ގޯއްޗެއް ނޫނީ ފްލެޓެއް. ލައްވާލީމަ [ވެސް] އެތަން ލިބޭކަށް ނެތް. މިހާރު އުޅޭ ތަންކޮޅު އެބަޖެހޭ ދޫކޮށްލަން. އެއީކީ އިންސާފެއް ނޫން. މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ [ކުއްޖަކު] ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފަ ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ “ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ