- Advertisement -ad image

ރިޝްވަތުގެ ކަންތައްތައް އާއްމުވެއްޖެ މުޖުތަމައެއްގައި ހަމަޖެހުން ގެއްލި އަމާންކަން ގެއްލޭނެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ރިޝްވަތުގެ ކަންތައްތައް އާއްމުވެއްޖެ މުޖުތަމައެއްގައި ހަމަޖެހުން ގެއްލި އަމާންކަން ގެއްލޭނެ ކަމަށާއި ރުޅިވެރިކަމާއި އަދާވާތްތެރިކަމުގެ ޝިކާރައަކަށް އެ މުޖުތަމައުގެ ފަރުދުންވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި މައުޟޫއަކީ “ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން “ މިއެވެ.
އެގޮތުން ހުތްބާގައި ބުނީ މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުދަނގޫ އެއް ވަބާއަކީ ރިޝްވަތުގެ ވަބާކަމަށެވެ.
“ އެހެނީ އެއީ ވަރަށް ސިއްރުގޮތުގައި ކުރެވެމުންދާ ކަމަކަށްވާތީއެވެ. ވަރަށްގިނަ މުޖުތަމައުތަކުގައި ރިޝްވަތުގެ އަމަލުތައް ވަނީ އާއްމުވެފައެވެ” ހުތުބާ
ހުތުބާގައި އިތުރަށް ބުނީ ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކާއި ނުލައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. އަދި ހަމައެފަދައިން މިފަދަ މުޖުތަމައުތަކުގައި އަދުލް އިންސާފު ގާއިމު ކުރުމަށް ހުންނަ އިދާރާތަކުގައިވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް ވަނީ އިތުރުވެފައި ކަމަށެވެ.
މިފަދަ ކަންކަމަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަންކަން ކަމަށާއި މިއީ ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަންކަމެވެ.
ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ހިޔާނާތުގެ އަމަލުތައް މި ކުޑަކުޑަ މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް މުޖުތަމައުގެ ބައެއް މީހުން ވަނީ ދެކެން ފަށާފައި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ