- Advertisement -ad image

މުއިޒުއާއި ދެކޮޅަށް އަޑުއުފުލަމުން ދިޔަ ހިތާދޫ އެމްޑީޕީ މީހުންގެ ޝަކުވާތައް އަޑުއައްސަވައިފި

ad image

ގުޅުންހުރި ލިޔުންތައް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޑރ.މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ބ.ހިތާދޫއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ. 

މިއާއިއެކު ހިތާދޫގެ އެމްޑީޕީގެ ޖަގަހައިން ދިޔައީ ޕީޕީއެމް/ޕީއެންސީގެރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު  އާއި ދެކޮޅަށްއަޑުއުފުލަމުންނެވެ. 

އަޑުގަދަކުރާ ބޭނުންކޮށްގެން ޑރ. މުޢިއްޒުއަށް ނިސްބަތްކޮށް އެމްޑީޕީޖަގަހައިން ވަނީ އަޑުއުފުލާފައެވެ. އެފަރާތްތަކުން އަޑުއުފުލަމުން ދަނިކޮށް މުއިއްޒު ވަނީ އެ ޖަގަހައަށް ވަދެވަޑައިގެންފައެވެ.

ޖަގަހަ އަށް ވަޑައިގެން އެވަގުތު އެ ޖަގަހައިގައި ތިބި ފަރާތްތަކާއި ޑރ. މުޢިއްޒު ވަނީ ވާހަކަދައްކަވާފައެވެ. އަދި އެ ފަރާތްތަކުގެ ޝަކުވާތަކާއިވާހަކަތައް އަޑުއެއްސެވިއެވެ.

އަޑު އުފުލަމުން ދިޔަ ފަރާތްތަކުން ޑރ. މުޢިއްޒު އަރިހުގައި ދެންނެވީ އެމީހުން ކުރަމުން ދިޔައީ ސިޔާސީ މަސައްކަތެއް ކަމަށާއި އެކަން ކުރަނީއެކަމަށް ފައިސާ ލިބޭތީ ކަމަށެވެ.

“މިވަގުތު އެމްޑީޕީ ޖަގަހައިގައި އަޅުގަނޑު ހުއްޓަސް. އަޑު އުފުލަމުންދިޔަސް. އަޅުގަނޑު މި ކުރަނީ ސިޔާސީ މަސައްކަތެއް. އަޅުގަނޑަށްފައިސާ ލިބޭ މި ކުރާ މަސައްްކަތައް.” އެމްޑީޕީ ޖަގަހައިގައި އަޑު އުފުލަން ހުރިމީހާ ބުންޏެވެ.

ހިތާދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ޑރ.މުޢިއްޒު ވަނީ އެ ރަށުގައިހިންގާނެ މަޝްރޫޢުތައް އިއުލާން ކުރައްވާފައެވެ. އެގޮތުން އެ ރަށުގެސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ތަނަކަށް ހެދުމަށާއި ބަލިމީހުންނަށްފަރުވާދޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށް ވެސް އޭނާ ވަނީވިދާޅުވެފައެވެ. 

ކެމްޕޭން ދަތުރުތަކުގައި ރަށްރަށަށް އަރާ ވަމުންދާ ވަޢުދުތަކަކީ އެއްވެސްޙާލަތެއްގައި ނުފުއްދާދެވޭނެ ވަޢުދުތަކެއް ނޫން ކަމަށް ވެސް ޑރ.މުޢިއްޒުވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ