- Advertisement -ad image

80 އިންސައްތައަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ: އީސީ

ad image

ގުޅުންހުރި ލިޔުންތައް


ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިވަގުތު 80 އިންސައްތައަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ފެށިގެން ކުރިޔަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
އީސީން ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ދައުރު ބައެއް ޕާޓީތަކުން ބަދަލު ކުރެއްވުމާ ގުޅިގެން، އެގޮތަށް ބަދަލުކުރި ބައެއް އޮބްޒާވަރުންނާއި މޮނިޓަރުންނަށް، ވޯޓުލާ މަރުކަޒަށް އެކްސެސް ނުވުމުގެ މައްސަލަ ދިމާވެދާނެ ކަމަށެވެ.
އެއީ އީސީގެ މައްސަލައެއްނޫން ކަމަށާއި އެކަމަކު އެކަން ހައްލުކޮށް ވީހާވެސް އަވަހަކަށް އެކްސެސް ދިނުމުގެ މަސައްކަތް ކޯޑިނޭޝަން ސެންޓަރުން ކުރިޔަށް ގެންދާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކުރާނެ ވެރިއަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފައިވަނީ ހެނދުނު 8 ޖެހިއިރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ