- Advertisement -ad image

ތިލަމާލެ ބްރިޖު ވަގުތަށް ނުނިމުނީމަ ވަރަށް ދެރަވޭ: ރައީސް ސާލިހު

ad image

ގުޅުންހުރި ލިޔުންތައް


ތިލަމާލެ ބްރިޖު ވަގުތަށް ނިންމާނުލެވުނީމަ ވަރަށް ދެރަވާ ކަމަށާއި އެ މަޝްރޫއު ހުއްޓާނުލާ ކުރިއަށް ގެންގޮސްދިނުމަަށް ވަރަށް ބޮޑަށް އެދޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްދު ސާލިހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ވަގުތަށް ނިންމާނުލެވުނީ ގިނަ ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ނިންމަން އޮތް ތާރީޚަށް ތިލަމާލެ ބުރިޖު ނުނިންމުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެކިއެކި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ބުރިޖު ނުނިންމުނު ނަމަވެސް ނިންމުނު ނަމަ އިންތިޚާބަށް ވެސް އެ ކަމުގެ ހެޔޮ އަސަރު ކުރީސް ކަމަށެވެ.
“ އާ ސަރުކާރުގެ ކިބައިން އެދިލައްވަނީ ދެ ކަމަކަށް. އެއީ، ހެޔޮވެރިކަމެއް ކޮށްދެވުމާއި ގައުމީ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުން “ ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ފަސް އަހަރު ކުރެއްވުނު މަސައްކަތާ ދޭތެރޭގައި ހިތްހަމަޖެހިލައްވައި ކަމަށެވެ.
ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތަކާއި ވޯޓަށް ކުރަން ޖެހޭ މަސައްކަތްތައް ތަފާތު ކަމަށާއި އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ވޯޓު އިތުރު ކުރަން ނޫން ކަމަށާއި ކުދި ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް މަސައްކަތް ކުރެއްވީ ވޯޓު ނުލިބޭނެކަން އެނގިހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ