- Advertisement -ad image

މާލެސިޓީގެ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު ނަރީޝް އާއި ހަވާލުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލް ޖުމްހޫރީއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ވުމާއިގުޅިގެން ޓްރާންސިޝަން މަސައްކަތަށް ވަގުތު ހުސްކުރެއްވުމަށް މޭޔަރުގެ ޒިންމާ ޑެޕިއުޓީ މޭޔަރާއި ހަވާލުކުރައްވަން ނިންމަވައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 119 ވަނަ ރަސްމީ އާއްމު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މާލެ ސިޓީގެ މޭޔަރ އަދި އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއެވެ. މިއަދުގެ ޖަލްސާއަކީ މޭޔަރުގެ މަޤާމުގައި ޑރ. މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ ފަހު ބައްދަލުވުމެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ ކުރައްވަންދެން އެމަނިކުފާނު މަޤާމުގައި ދެމިހުންނަވާނެ ކަމަށެވެ.

މޭޔަރ ވިދާޅުވީ މަޤާމުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު ނަރީޝް އާއި ހަވާލުކުރެއްވީ އެއީ ޤާނޫނީ ގޮތުން ކުރެވެން އޮތް ކަމަކަށްވާތީއާއި އެގޮތަށް އެކަން ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ފެނި ވަޑައިގަންނަވާތީ ކަމަށެވެ. 

އަދި ރިޔާސީ މެނިފެސްޓޯގައި އޮތް ގޮތަށް ކަންކަން ހާސިލްކުރުމަށްޓަކައި ތަފްސީލްކޮށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރެއްވުމަށް އެކަމަށް ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

އެހެންކަމުން ސިޓީ ކައުންސިލްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަގުތު ދެވިދާނެ ކަމަށް ފެނިވަޑައި ނުގަންނަވާތީ އަދި އެއީ މާލޭގެ ރައްޔިތުންނަން އެންމެ ޙައްޤު ގޮތް ނޫން ކަމަށްވާތީ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ މިއަދާ ހަމައަށް ކައުންސިލްތަކަށް އެކިކަންކަމުގައި ދިމާވެފައިހުރި ދަތިތަކާ ހުއްދަ ނުލިބިގެން ކުރިއަށް ނުދެވިފައި ހުރި މަސައްކަތްތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުއްދަ ލިބިގެން ކުރިއަށްދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ