- Advertisement -ad image

ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކުރާނެކަމުގެ ޔަގީންކަން އިންޑިއާ ސަފީރު ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވައިފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ބުނީ ރައްޔިތުންގެ ނިންމުމަށާއި ރާއްޖޭގެ މިނިވަން ކަމަށް އިންޑިއާއިން އިހްތިރާމް ކުރާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ސަފީރު މިއަދު ދެއްވި ކަމަށެވެ.
އަދި އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.
ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެ، އެމަނިކުފާނު ޓެގް ކުރައްވާ މި ސަރުކާރާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ އާއި ރައްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުުރަށް ބަދަހި ކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ