- Advertisement -ad image

ހޮވާފައި ހުރި ރައީސަށް ތާއީދު ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުން ހޮވާފައި ހުރި ރައީސަށް ތާއީދު ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ގެ ކޮޅުގައި ހުންނަވާ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ‏މިހާރު ހޮވިވަޑައިގެން ހުންނެވި ރައީސްއަށް ތާއިދުކުރުމަށް ކުރަންޖެހުނު ހުރިހާ މަސަތްކަތެއް ކުރާނެ ކަމަށެވެ.

އޭގެ އިތުރަށް ނިމުނު ރިޔާސީ އިންތިޚާބު އެމަނިކުފާނުގެ ތާއީދާއެކު ކާމިޔާބުކުރެއްވި ޑރ.މުޢިއްޒަށް އެއްބާރުލުން ދެއްވާނެކަން ރައީސް ޔާމީނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އިންތިޚާބަށްފަހު ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމުގެ މަސައްކަތުގައި އިންތިޚާބީ ރައީސަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމުގައި ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިވަގުތު ލިބޭ އެންމެ ބޮޑު އުފަލަކީ، މި ސަރުކާރު ބަދަލުވުން ކަމަށާއި އަނިޔާވެރިކަމުގެ ވާހަކަދެއްކި މީހުން އަނިޔާވެރިވީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.
“ މިހާތަނަށް މި ސަރުކާރުން އަދި އިންޑިއާ ސަރުކާރުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެކުރީ އަޅުގަނޑު ޖަލުގައި ބަހައްޓައިގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް. ފުރަތަމަ ބުރުގައި ވެސް އަޅުގަނޑު ނުނިކުންނަ ކަމުގައިވަނީނަމަ ކާމިޔާބު ކުރެވޭނެ ކަމަށް ޔަގީންކޮށްގެން ތިބީ،” ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވުނީ ވ. އާރަށް މައްސަލައިގައި 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން މިިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ކުރި ހުކުމާ ގުޅިގެންނެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅުމުން”ސަރުކާރުން އަތްބާނައިގެން އިސްތިއުނާފު ލަސްކޮށް އިންތިހާބީ ހައްގުތައް ގެއްލުވާލީ،” ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވި އެވެ. އަދި ކެންޑިޑެންސީ ކަށަވަރު ކުރުމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް އެމަނިކުފާނާ ދެކޮޅަށް ހުކުމް ކުރިކަން ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ