ޑރ މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދިނުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމުގެ ހެއްކެއް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ އިންތިހާބީ ރައީސް ޑރ މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދޭ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުއިއްޒު އަކީ ތަފާތު ބޭފުޅެއް ކަމަށެވެ.
އަދި އެމަނިކުފާނު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިޔާގެ ޕުރައިމް މިނިސްޓަރަށް ދަޢުވަތު ދެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތްޕުޅު ފައްޓަވާނެކަމުގެ އަލިގަދަ ދަލީލެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.