- Advertisement -ad image

މޯދީ ގެނެސް ޑރ މުއިއްޒު އެދިވަޑައިގަންނަވާނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެފައި ތިބި ތިބުން ނިމުމަކަށް ގެނައުމަށް: ޝުޖާއު

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ ބޮޑުވަޒީރު އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތައް ވަޑައިގެންނެވުމަކީ ޑިޕްލޮމަސީގެ ރިވެތި އުސޫލުން ކަންކަން ތަރުތީބު ކުރުމަށް އިންތިޚާބީ ރައީސަށް ލިބިގެންދާނެ މުހިއްމު ފުރުޞަތެއް ކަމުގައި ދެކޭ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބަދުވެސް ޔަޤީން ކުރަނީ އިންޑިއާގެ ބޮޑުވަޒީރުގެ އަރިހުން އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާނީ ދިވެހީން ނިންމަވާފައިވާ ނިންމެވުމާއެއްގޮތައް އެޤައުމުގެ ސިފައިން ދިވެހީންގެ ރާއްޖޭގައި ޤާއިމްވެތިބި ތިބުން ނިމުމަކަށް ގެނެސްދެއްވައި އަޅުގަނޑުމެންގެ ސިޔާދަތައް އިހްތިރާމް އަދާކޮށްދެއްވުމަށްކަން ކަމަށެވެ.
“ އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތައް މިކަން ވެއްޖެނަމަ، އިންޑިއާއަށް ދިވެހީން ކުރާ އިޚްތިރާމާއި ލޯބި އިތުރުވެގެން ދާނެކަމީ ޝައްކެއްއޮތް ކަމެއްނޫން” ޝުޖާއު ވިދާޅުވިއެވެ.
އިތުރަށް ޝުޖާއު ވިދާޅުވީ މިވަގުތު ހުރިހާ ބޭފުޅުންވެސް ކެތްތެރިކަން އިސްކުރަން ޖެހޭނެ ކަމަށެވެ.
އަދި ޑރ މުއިއްޒު އެންމެ އިސްކަން ދެއްވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެއްވުމަށް ކަމަށާއި އަދި އަމިއްލަ ވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
“ މިކަން އިންތިޚާބީ ރައީސް ކުރައްވާނީ ޑިޕޮލޮމަސީގެ ރިވެތި އުސޫލުން. އެ އުސޫލުން ކުރެވޭނީ ވާހަކަ ދައްކައިގެން. އިންތިޚާބީ ރައީސް ބޭނުންފުޅުވަނީ ރައީސް ކަމުގެ ފުރަތަމަ ދުވަހަކީވެސް މިކަމުގައި ވާހަކަ ދެކެވޭ، ނަތީޖާ ނެރެވޭ ދުވަހެއްގެ ގޮތުގައި ވުމަށް” ޝުޖާއު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ