- Advertisement -ad image

ކޯރަމް ހަމަ ނުވެގެން މިއަދުގެ ޖަލްސާވެސް ކެންސަލް

ad image

ގުޅުންހުރި ލިޔުންތައް


ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފިއެވެ.

87 މެމްބަރުން ތިއްބަވާ މަޖިލީހުގެ ކޯރަމަކީ 22 މެމްބަރުންނެވެ. މަޖިލިސް ފެށުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުނު އިރުވެސް 22 މެމްބަރުން ހަމަނުވާތީ މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ކެންސަލްކުރިކަން އިއުލާންކުރައްވާފައެވެ.
މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވީ ނައިބް ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށައަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސް އާ ބެހޭ ބިލުގެ ބަހުސާއި ޔޫއޭއީއަށް ކަނޑައަޅުއްވާ ސަފީރަށް ރުހުން ދިނުމުގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެމްބަރުން މުހައްމަދު ރާޝިދު ހުށައަޅުއްވާފައިވާ ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބޭއްވި ކެންސަލްވިއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ފަރާތުން މިއަދު ވަނީ މަޖިލީހަށް ހުށައަޅައިފައެވެ. 48 މެމްބަރުންގެ ސޮޔާއި އެކު ހުށައެޅި މައްސަލާގައި ބުނެފައިވަނީ ރައީސް ނަޝީދު މަޖިލިސް ކުރިޔަށް ގެންދަވަނީ މަޖިލީހުގެ ޤަވައިދާ ހިލާފަށްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ