- Advertisement -ad image

މި ހުރިހާ ދުވަހު ކައުންސިލްތަކަށް ނުލިބި އޮތް އެއްބާރުލުން ކުރިއަށް އޮތްތާނގާ ލިބިގެންދާނެ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


މި ހުރިހާ ދުވަހު ނުލިބި އޮތް އެއްބާރުލުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެވެރިކަމުގެ ތެރޭގައި ފުރިހަމަ އަށް ދޭނެކަމުގެ ޔަޤީން ކަން އެމަނިކުފާނު ދެއްވައިފިއެވެ.
މޭޔަރުކަމުގެ މަޤާމުގައި ހުންނަވާ ޑރ. މުޢިއްޒު މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަވާ ހޯއްދެވި ކާމިޔާބީ އާއިއެކު ދިވެހި ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވެވަޑައިގެންނެވުމުން މިވަގުތު ހުންނެވީ ހުވާ ކުރެއްވުމާއި ހަމަޔަށް ކުރިއަށްދާ އިންތިޤާލީ މަރުޙަލާގެ މަސައްކަތްތަކަށް ވަގުތުހުސްކުރައްވައިގެންނެވެ.
މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ވުމާއިގުޅިގެން ޓްރާންސިޝަންމަސައްކަތަށް ވަގުތު ހުސްކުރެއްވުމަށް މޭޔަރުގެ ޒިންމާތައް ވަނީ ޑެޕިއުޓީ މޭޔަރާއި ހަވާލުކުރައްވާފައެވެ. ޒިންމާތައް ޑެޕިއުޓީ މޭޔަރަށް ހަވާލުކުރެއްވީ މާލެ ސިޓީ ކައުންސިލްގެ 119 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
އެއަށްފަހު މޭޔަރުގެ ހައިސިއްޔަތުން ޑރ.މުޢިއްޒު ރޭ ވަނީ ސިޓީ ކައުންސިލްގެ ހުރިހާ މުވައްޒަފުންނާއިއެކު ވަދާޢީ ބައްދަލުވުން ބާއްވާފައެވެ.މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ މޭޔަރުކަމުގައި ޑރ. މުޢިއްޒު ކޮށްދެއްވި އަގުހުރި ޚިދުމަތް ފާހަގަކޮށް ޝުކުރުގެ ފިލާއެއް އަރުވާފައެވެ.
ކައުންސިލް ހިންގުމުގައި ދިމާވި ގޮންޖެހުންތައް ފާހަގަކުރައްވާ ޑރ.މުޢިއްޒު ވިދާޅުވީ އެ ދަތިތައް ކުރިމަތިނުވިނަމަ މާލެސިޓީގެ ކަންކަން މިހާރަށްވުރެ މާބޮޑަށްފުރިހަމަ ވެގެންދާނެ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ 4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރެއްވުމަށްފަހުމި ފާއިތުވި ދުވަސްތަކުގައި ކައުންސިލަށް ލިބިގެންދިޔަ ކާމިޔާބީއަކީ ކައުންސިލަރުންނާއި، ވެރިން އަދި މުވައްޒަފުންގެ ބުރަ މަސައްކަތުން ލިބުނުކާމިޔާބީއެއްކަމަށާއި، އެކަމަށްޓަކައި ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުދަންނަވާކަމަށެވެ. މިއާއިއެކު ޑރ. މުޢިއްޒު ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި މާލެސިޓީއިން ލިބުނު ކާމިޔާބީގެ އަސްލަކީވެސް ކައުންސިލްގެ މުވައްޒަފުން ކުރެެއްވިބުރަ މަސައްކަތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ