- Advertisement -ad image

ގިނަ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތައް ހުރީ ސްޓޮކް މެނޭޖް ކުރެވޭނެ ޙާލަތުގައެއް ނޫން: ފިރުޒުލް

ad image

ގުޅުންހުރި ލިޔުންތައް


ގިނަ ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތައް ހުރީ އެތަންތަނުގެ ސްޓޮކް މެނޭޖް ކުރެވޭނެ ޙާލަތެއްގައި ނޫންކަން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިޤާލީ ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ބާއްވާ ސިލްސިލާ ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފިރުޒުލް ވިދާޅުވީ، ހޮސްޕިޓަލްތަކަށް މިއަހަރުގެ ފަހު 6 މަސް ދުވަހަށް ބޭނުންވާ ވަރަށް ސާމާނު އޯޑަރ ކޮށްފައިނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އަދި މިގޮތަށް ހޮސްޕިޓަލްތަކުގެ ހާލަތު ހުންނަ ކަމުގައިވާނަމަ، މިއަންނަ ނޮވެންބަރު މަހުގެ މެދަކާއި ހަމައަށް އަންނައިރު، ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ދެމުން އަންނަ ބައެއް ޚިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
“(އަޅުގަނޑުމެންނަށް) ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަކީ (ހޮސްޕިޓާތަކާއި ހެލްތް ސެންޓަރުތަކުގެ) މި ޙާލަތު މިގޮތަށް ދެމިގެންހިގައްޖެ ކަމުގައިވާނަމަ، ނޮވެންބަރުމަހުގެ މެދަކައި ހަމައަށް އަންނައިރު، މި ހޮސްޕިޓާތަކާއި، ހެލްތް ސެންޓަރ ތަކުގައި ދެމުންގެންދާ ވަރަށް ގިނަ ޚިދުމަތްތައް އެކީއެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް. އެ ކަންބޮޑުވުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވިފައި އެބައޮތް.” ފިރުޒުލް ވިދާޅުވިއެވެ
ފިރުޒުލް ވިދާޅުވީ، ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކަށް ބޭނުންވާ އެކިއެކި ސާމާނުތަކަށް އޯޑަރ ނުކުރެވިފައިހުރީ، ބަޖެޓު ހަމަޖެހިފައި ނެތުމުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ދައުލަތުގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗްގައި ބައެއް ބަލިތަކަށް ޚާއްސަ ފަރުވާދޭ ސެންޓަރުތަކެއް ހުރިކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދަޅުވީ އެ ސެންޓަރުތަކުން ބޭރުގެ ބައެއް ކުންފުނިތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަކަމަށެވެ.
މިގޮތުން ނާފް ސެންޓަރ އަދި ހިތުގެ ބަލިތަކާއި ގުޅޭ ސެންޓަރަށް ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ހުރިކަން އިންތިޤާލީ ކޮމެޓީއަށް ފާހަގަކުރެވިފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭގެތެރޭގައި ގިނައީ އައިޖީއެމްއެޗް އިން ދޭ ޚިދުމަތްތަކަށް ބޭނުންވާ ސާމާނުގެ އަގުތައް ހިމެނޭ ބިލްތައް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ