- Advertisement -ad image

ފަލަސްތީނަށް ނަޞްރުދެއްވުމަށް އެދި ފަރުޟު 5 ނަމާދުގައިވެސް ގުނޫތު ކިޔުމަށް އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުން ވަކިގޮތެއް އަންގަންވަންދެން، ފަރުޟު 5 ނަމާދުގައިވެސް ފަލަސްޠީނަށް ނަޞްރުދެއްވުމަށް އެދި ޤުނޫތު ނާޒިލާ ކިއުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޤުނޫތު ނާޒިލާ ކިޔާނީ ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކާއި، ކުރިމަތިވަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްކޮށްދެއްވާ، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ކަމަށެވެ.

އެގޮތުން މެންދުރު ނަމާދުން ފެށިގެން ފަރުޟު ހުރިހާ ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލިބެމުންދާ އަނިޔާތަކާއި، ކުރިމަތިވަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްކޮށްދެއްވުން އެދި މީގެކުރިން ޤުނޫތު ނާޒިލާ ކިޔަމުންދިޔައީ އަޑު ހަރުކޮށް ކުރާ ނަމާދުތަކުގައި އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ