- Advertisement -ad image

އިސްރާއީލު މީހުން ރާއްޖެ ނައުމަށް އެ ގައުމުން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


ޔަހޫދީ އިސްރާއިލުން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، ދިވެހިރާއްޖެއިން އިސްރާއިލާ ދެކޮޅަށް ނުކުމެފައިވާކަން އެނގި، ދިވެހި ރާއްޖެ އައުމުގައި އިސްރާއިލް ޕާސްޕޯޓް ހުރި މީހުން ސަމާލުވުމަށް އެޑްވައިޒަރީ ނެރެފިއެވެ.
އިސްރާއިލާއި ދެކޮޅަށް ތިބިކަން ދައްކުވައިދިނުމަށް މީގެ ކުރިންވެސް ދިވެހީން ވަނީ އަޑު އުފުލައި ފަލަސްތީނާއި އެކު ތިބިކަން ދައްކާލާފައެވެ.
އަދި މިފަހުން، މިމަހު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ހިންގަމުންގެންދާ ޖަރީމާތަކާއި ދެކޮޅަށްވެސް ދިވެހީން ދަނީ ކެނޑި ނޭޅި އަޑު އުފުލަމުންނެވެ.
އެގޮތުން މި އަޑުތައް އިސްރާއީލުގެ ސަރުކާރަށް އިވި، އެކަމާއި ގުޅިގެން، އެގައުމުގެ ފޮރިން މިނިސްޓްރީން ރޭ ދަންވަރު ނެރެފައިފައިވާ އެޑްވައިޒަރީ އެއްގައި ވަނީ، ރާއްޖޭގެ މާހައުލު މިހާރު އޮތީ އިސްރާއީލާ ވަރަށް ބޮޑަށް ދެކޮޅަށް ކަމަށް ބުނެފައެވެ. އެހެންކަމުން، އެ މިނިސްޓްރީން ވަނީ އިސްރާއީލްގެ މީހުން ރާއްޖެއާމެދު ސަމާލުވެ، ރާއްޖެ ނައުމަށް އެ މީހުންގެ މީހުންނަށް އަންގާފައެވެ.
“ދިވެހިރާއްޖޭގައި، އިސްރާއީލާމެދު އޮތް ދެކޮޅުވެރިކަމުގެ އޮއިވަރު މިހާރު އަންނަނީ ވަރަށް ބޮޑަށް ބާރުވަމުން. އެހެންކަމުން، މިވަގުތުގައި، އިސްރާއީލްގެ ރައްޔިތުން ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް އެދެން” އިސްރާއީލްގެ ފޮރިން މިނިސްޓްރީން ނެރުނު އެޑްވައިޒަރީގައި އެދިފައިވެއެވެ.
މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ނުރައްކާތެރި ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 3800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 14,000 އަށްވުރެ ގިނަ މީހުން ޒަޚަމް ވެފައިވެއެވެ. ޝަހީދުވި ގިނަ މީހުންގެ ތެރޭގައި 1500 އަށް ވުރެ ގިނަ ކުޑަކުދީން ހިމެނެއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް އިސްރާއީލުން ރާއްޖެއަށް އަހަރަކު 15،000 އެއްހާ މީހުން އާދެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އަހަރެމެންގެ މުސްލިމުންގެ ލޭ ބޮއިގެން މި ދިވެހި ފަސްގަނޑަށް ނާރާތި. އަހަރެމެންނެއް މަޑަކުން ނުތިބޭނޫ. ލޭކެކޭ ތި ނުބައި ބައިގަނޑު ފެނުނީރުން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ