- Advertisement -ad image

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރަން ބަޖެޓުގައި ހިމަނައިފިން: އިންތިހާބީ ރައީސް

ad image

ގުޅުންހުރި ލިޔުންތައް


2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ހިމަނާފައިވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް ޑރ މުއިއްޒު ވަނީ މިއަދު ހަވީރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ހިމެނޭ ސަރަޙައްދަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
ރައްޔިތުންނާއި މުޚާޠަބުކުރައްވާ ދެއްކެވި، ކުރު ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މި ސަރުކާރުން އެކުލަވާލާ ބަޖެޓުގައި، އައު ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާކަމަށެވެ.

އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި އެއްކަމަކަށް ހިމަނުއްވާފައިވާނީ، ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށްކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ، ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހަރުކުރާއިރު، އޭގެތެރޭގައި ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެއް ހިމެނޭނެ ކަމަށެވެ.


ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 3 ލިފްޓުހުރެއެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ހިޔާ ފްލެޓުތަށް ސަރަޙައްދަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސްގެ އަރިހުގައި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ