ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ ޔަހޫދީން ހިންގަމުންދާ އުދުވާންތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް “ޕެޓިސަރީ ބައި ޝިނާ” އިން ހާއްސަ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.
“ޕެޓިސަރީ ބައި ޝިނާ” އިސްޓަގްރާމް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ޑޯނަޓް ވިއްކައިގެން ފަންޑް ރެއިޒް ކުރުމުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 23 އަދި 24 ވަނަ ދުވަހުއެވެ. އެގޮތުން މި ދެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އެ ޕޭޖުން ވިއްކާ އެކި ވައްތަރުގެ ފޮނިކާއެއްޗެހި ގަންނަން ލިބެން ހުންނާނެ ކަމަށްވެސް އެ ޕޭޖުން ހާމަކުރެއެވެ. އަދި މި ދެ ދުވަހު 9 ޑޯނަޓް ހިމެނޭ މިކްސްޑް ޑޯނަޓް ފޮށި ވިއްކުމަށް ހަމަޖެހިފައިވާއިރު އެއިން ކޮންމެ ފޮށްޓެއް ވިއްކުމަށް ހަމަޖެހިފައިވަނީ 85ރ އަށް ކަމަށް އެ ޕޭޖުން ބުނެފައިވެއެވެ.
https://instagram.com/patisseriebyshina?igshid=MzRlODBiNWFlZA==
ޑޯނަޓް ގެ އިތުރުން މި ހަރަކާތުގެ ތެރެއިން ބްރައުނީސް އާއި ކަޕް ކޭކު ވެސް ވަގުތުން ގަންނަ ލިބެން ހުންނާނެ ކަމަށް އެ ޕޭޖުން މައުލޫމާތު ދެއެވެ. އަދި އެ ހުރިހާ ތަކެއްޗެއް ވިއްކާނީ 143,ޗަނބޭލީ މަގު، އޯޓިޒަމް ސެންޓަރު ކައިރީގައި ކަމަށްވެސް ބުނެފައިވެއެވެ.
މި އިވެންޓްގައި ވިއްކާ ހުރިހާ އެއްޗަކުން ލިބޭ ހުރިހާ ފައިސާއެއްވެސް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ)އިން ފަލަސްތީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ޖަމާ ކުރަން ނިންމާފައިވާ ކަމަށާ، ޑޯނަޓް ގަންނަން ބޭނުންވާ ފަރާތްތަކަށް މިރެއިން ފެށިގެން ޕްރީ އޯޑަރ ކުރެވޭނެ ކަމަށް އެ ޕޭޖުން މައުލޫމާތު ދެއެވެ.



