- Advertisement -ad image

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ އޭރިއާއަށް ތަޢާރަފް ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ އޭރިއާއަށް ތަޢާރަފް ކޮށްފިއެވެ.
ގައުމީ އެންބިއުލާންސްގެ ޚިދުމަތް ގްރޭޓަރ މާލެ އޭރިއާގައި ދިނުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމްކޮށް މިކަމަށް ޚާއްސަ ނަންބަރެއް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ކަނޑައަޅާފައިވާ ނަންބަރަކީ އެކެއް.ސުމެއް.ސުމެއް 100އެވެ. މިޚިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ މެޑިކަލް އެމަރޖެންސީތަކާއި އެކްސިޑެންޓްތަކުގާ އަވަހަށް އެޓެންޑްވެ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއަރގެ ޚިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ.
މި ޚިދުމަތް ކުރިއަށް ގެންދާނީ ގްރޭޓަރ މާލެ އޭރިއާގެ ހޮސްޕިޓަލްތަކާއި އަދި ގައުމީ އެމްބިއުލާންސް ޚިދުމަތުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކޮށްގެންނެވެ. މިގޮތުން މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކާއި އަދި ކަމާގުޅުންހުރި މުއައްސަސާތަކުން މިޚިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނެއެވެ.
މިޚިދުމަތް މިއަދު ތަޢާރަފް ކުރެވުނީ ގްރޭޓަރ މާލެ އޭރިއާގައި ކަމުގައިވީ ނަމަވެސް މުސްތަޤްބަލްގައި އެކި ސަރަޙައްދުތަކަށް ބަހާލެވިގެން މުޅިރާއްޖެއަށް މިޚިދުމަތް ފުޅާކުރެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ