- Advertisement -ad image

ފަލަސްތީނަށް އެހީވުމަށް މިހަފުތާ ބަންދުގައި ބޮޑު ތިން އިވެންޓެއް އޮންނާނެ!

ad image

ގުޅުންހުރި ލިޔުންތައް


ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ އަހުންނާއި އުހުތުންނަށް އެހީވުމަށް ބާއްވާ ވަރަށް ހާއްސަ ތިން ހަރަކާތެއް މި ހަފުތާ ބަންދުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން އިލްމުވެރިންގެ ގުޅުން، އަދި ހިދުމަތް ޖަމްއިއިޔާއިން 26 އޮކްޓޯބަރގައި ނުވަތަ މިރޭ ފޭސް 2 ހިޔާ ޕާރކްގައި ” ފަލަސްތީނުގެ ހާލަތާއި މެދު” މި މައުޟޫއަށް ދީނީ އިލްމުވެރިންނާއިއެކު ކުރިއަށް ގެންދާ ހާއްސަ ޕެނަލް ޑިސްކަޝަންއެއް އޮންނާނެއެވެ.
މަމްސް އެން.ޖީ.އޯ އިން 27 އޮކްޓޯބަރވާ ހުކުރު ދުވަހު ހިޔާ ސަރަހައްދުގައި ހާއްސަ ފަންޑް ރައިޒިންގ އިވެންޓް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން ކޭކް ޑޯނާރސް އިން މިމަހުގެ 28، 29،އަދި 30 ގައި ބެއްވުމަށް ހަމަ ޖެހިފައިވާ ހާއްސަ ފަންޑް ރައިޒިންގް އިވެންޓް ހިމެނެއެވެ.
ވިހާވެސް ގިނަ ބޭފުޅުން މި އިވެންޓްތަކުގައި ބައިވެރިވެ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެމީހަކަށް ވީވަރަކުން އެހީވެދިނުމަކީ މި އިވެންޓްތައް އިންތިޒާމު ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.
މިމަހުގެ 7 ވަނަ ދުވަހު، ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން އެގައުމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާއިލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާއާއި ގުޅިގެން އިސްރާއީލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އެއާއެކު, އެމީހުންގެ ވަރުގަދަ ހަމަލާތައް ކެނޑިނޭޅި ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އާއްމުންނަށް އަމާޒުކުރަމުންދާއިރު, ހަނގުރާމައިގެ ސަބަބުން އެތައް ހާސް މުސްލިމުން ވަނީ އަސާސީ ހައްގުތަކުން މަހްރޫމްވެ ބިކަ ހާލުގައި ޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ