- Advertisement -ad image

ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް “ނޯ” ބުނަންޖެހޭ: މުހައްމަދު އިސްމާއިލް

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް “ނޯ” ބުނާނެ ކަމަށް އެމްޑީޕީން ބުނިގޮތަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދިވެހި ރައްޔިތުން އެމްޑީޕީއަށް ނޯ ބުނަންޖެހޭ ކަމަށް ޕީޕީއެމް ހަރަކާތު ކޮމިޓީގެ ޗެއާރ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މުހައްމަދު ނަޝީދު އިންނަވައި ޑރ މުއިއްޒު ހުވާކުރައްވައިފި ނަމަ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ވެރިކަން ކުރާ އެމްޑީޕީން ބުނުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ‏މަޖިލީހުގެ ތެރެއިންނާ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެގެންވެސް ޑރ. މުޢިއްޒުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައި، ހުވާ ކުރުމުގެ ރަސްމިއްޔާތުން ފެށިގެން ޖެއްސުން ކުރަން ފަށާނެ ކަމަށް މިއަދު އެމްޑީޕީން އެ އިއުލާން ކުރީ ކަމަށެވެ.
“ މިއިންވެސް ޔަގީންވެގެން އެ ދިޔައީ އެމްޑީޕީ އަކީ ބަހާއި އަމަލާ ދިމާ ނުވާ ޕާޓީއެއްކަން. މުޢިއްޒުގެ ކެބިނެޓަށް “ނޯ” ބުނާނެ ކަމަށް އެމްޑީޕީން ބުނިގޮތަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދިވެހި ރައްޔިތުން އެމްޑީޕީއަށް ނޯ ބުނަންޖެހޭ “ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ އެހެން ނޫންނަމަ، މަޖިލިސް ތެރެއިން ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމެއް އެމްޑީޕީން ނުކުރާނެކަން ޔަގީން ކަމަށާއި މިއަދު އަދި މި ފެނުނީ އެކަމުގެ މަލަމަތި އެކަނި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށައެޅި މައްސަލަ ފާސް ކުރަން ވޯޓް ދޭން ނިންމާ އެެ ޕާޓީން ނެރިފައިވާ ތްރީލައިން ވިޕާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތި ގަދަބާރުން ރިޔާސަތު ގައި އިންނެވުމަށް ކުރައްވާ މަސައްކަތަށް ފުރުސަތު ނުދެއްވާނެ ކަަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ