- Advertisement -ad image

ދެކޮޅު ނުޖެހޭ ނިންމުންތަކުން އެނގި ހާމަވަނީ އެމްޑީޕީގެ ގާނޫނީ ޓީމުގެ ފެންވަރު: އާޒިމާ

ad image

ގުޅުންހުރި ލިޔުންތައް


ދެކޮޅު ނުޖެހޭ ނިންމުންތަކުން ވެރިކަންކުރާ އެމްޑީޕީގެ ގާނޫނީ ޓީމުގެ ފެންވަރު އެނގި ހާމަވަމުންދާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކި ކުރުމުގެ މައްސަލަ ނުނިންމާނަމަ އިންތިހާބީ ރައީސް ޑރ މުއިއްޒުގެ ހުވާ ގަބޫލު ނުކުރާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ބުނުމާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
މިކަމާ ގުޅިގެން އާޒިމާ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ މިސަރުކާރުގެ ޤާނޫނީޓީމުގެ ފެންވަރު އެނގެނީ މިކަހަލަދެކޮޅުނުޖެހޭ ކަންކަމުން ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ޗާގޮސް މައްސަލަ ވެސް ގެއްލުނީ ގެއްލެންވެގެން ކަމަށެވެ.
އާޱިމާ ކެބިނެޓަށް ރުހުން ނުދިނުމަކުން ރައީސް ނަޝީދާއި، މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ މަގާމުން ވަކިކުރެވުނީ ކަމަށް ވާނެތޯ ސުވާލު އުފައްދަވާފައެވެ. އެއަށްފަހު ސުވާލު ކުރެއްވީ ސަރުކާރު ހުއްޓުވުމަކަށް ގެނެވޭތޯއެވެ.
“ސަރުކާރު ހުއްޓުމަކަށް ގެނެވޭނެތޯ؟ ފުަރަތަމަވެސް ބަލިވާނެ ހަނގުރާމައެއް. މި ސަރުކާރުގެ ގާނޫނީ ޓީމުގެ ފެންވަރު އެނގެނީ މިކަހަލަ ދެކޮޅު ނުޖެހޭ ކަންކަމުން. ޗާގޮސްގެ މައްސަލަ ގެއްލުނީ ގެއްލެންވެގެން” އާޒިމާ ވިދާޅުވިއެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ