- Advertisement -ad image

ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ތާވަލުކޮށް އާދިއްތަ ދުވަހުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓްގައި އާއްމުކޮށްފިއެވެ.
އެގޮތުން މަޖިލީހުގެ އިދާރާއިން އާއްމުކުރި އެޖެންޑާގައި އާދިއްތަ ދުވަހުގެ ޖަލްސާގައި ހަމަ އެކަނި އޮންނާނެ މަސައްކަތަކީ ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމުގެ މައްސަލައެވެ.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މިމައްސަލަ ތާވަލްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރެވެ.
މި ޖަލްސާ ފަށާނީ އާދިއްތަ ދުވަހުގެ ހެނދުނު 9 ޖަހާއިރުއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ